މިޔަރާއި
އެކު
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައިވާ ހަމައެކަނި މިޔަރަށް ހިމާޔަތްކަން ފޯރުކޮށްދޭ ޝާކް ސެންކްޗުއަރީ
މިޔަރަކީ މާހައުލީ ނިޒާމު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުމެއް
ދިވެހިންނަކީ މިޔަރާއިއެކު ދިރިއުޅުމުގަި ދިގު ތާރީހެއް އޮތް ބައެއް
މި މޮޑިއުލުން ރާއްޖޭގަި މިޔަރު އަދާކުރާ މުހިންމު ދައުރަށް ބަލާލަމާ ހިންގާ
މި ވީޑިއޯ ބަލާލާ މިޔަރުގެ ދުނިޔެއަށް ފީނާލަމާ


މިހާރު މިޔަރާ ބެހޭގޮތުން ވަރަށް ބައިވަރު ކަންކަން އެނގިއްޖެ. ދެން ހިނގާ އިންސާނުންގެ ސަބަބުން މިޔަރުގެ އާބާދީއަށް ކޮށްފައިވާ އަސަރުތަކަށް ބަލާލަން

ރާއްޖޭގެ މިޔަރު މަސްވެރިކަމުގެ
ކުރިއެރުމާއި ވެއްޓުން
ނަސީބަކުން ދިވެހިރާއްޖެއަކީ އިންސާނުންނަށާއި ތިމާވެއްޓަށް މިޔަރުގެ މުހިންމުކަން ދެނެގަނެފައިވާ ގައުމެއް
މަސްވެރިންނާއި ފަތުރުވެރިންގެ މެދުގައި މިޔަރާއި މެދު އަހުލުވެރިކުރުވާ އެސޮރުމެންނާއި އެކު އުޖާލާ ދިރިއުޅުމެއް އުޅުމަށްް ކުރެވިދާނެ ކަންކަމަށް ބަލާލަމާ

މިޔަރާއި އެކު އުޖާލާ
ދިރިއުޅުމެއް

ބީޖެންޓްލްޓުޖަޔަންޓްސް ކޯޑް އޮފް ކޮންޑަކްޓާއި ބެހޭގޮތުން އިތުރަށް ކިޔާލުމަށް
https://www.begentletogiants.org/maldives
ހިމާޔަތް ކޮށްފައި އޮތް އޮތުން ދެމެހެއްޓުމަށް އަހަރުމެން ކުރިއަށް ގެންދާ ކެމްފެއިނުތަކަށް ބަލާލަމާ
SAVEOURSHARKS#
2021 ވަނަ އަހަރު200 އަށްވުރެ ގިނަ ދިވެހި އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ އާއިއެކު އެލައިއެންސްއެއް ގާއިމްކޮށް ރާއްޖޭގައި މިޔަރު ސެންކްޗުއަރީ ދެމެހެއްޓުމަށް ހިތްވަރުދިން.ި މި ކެމްޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި މާހައުލީ ނިޒާމަށް މިޔަރުގެ މުހިންމުކަމާ މެދު ދިވެހި ރައްޔިތުންނާއި ސިޔާސަތު ތައް ބައްޓަންކުރާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން
AGAINSTLONGLINING#
2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުމަށް ރާވާފައިވާ ރޭވުންތައް ހުއްޓުވައި، ޒަމާންވީ ދޮށީގެ މަސްވެރިކަން ދެމެހެއްޓުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައި. ރާއްޖޭގައި ލޭނު މަސްވެރިކަން އަލުން ހުޅުވާލުން ހުއްޓުވުމަށް 30,000 އަށް ވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކުރި. އަދި 177 ބައިނަލްއަގްވާމީ ސައިންސްވެރިން އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށް އާންމުކޮށް ހުޅުވާލެވިފައިވާ ސިޓީއެއްގައި ސޮއިކުރި. ލޭނު މަސްވެރިކަމުގައި އިހުތިޔާރާއި ނުލާ ހިފޭ ބައިކެޗްގެ އަދަދު ގިނަ. އޭގެ ތެރޭގައި މިޔަރާއި ވެލާކަހަނބާއި އެންމަޑި ފަދަ ޖަނަވާރުތައް ހިމެނޭ. މި ކާމިޔާބު ކެމްޕެއިންގެ ސަބަބުން ރާއްޖޭގައި އެތައް މިޔަރެއް ރައްކާތެރި ކުރެވުން


އިނގޭތަ؟
- އައިޔޫސީއެންއިން ބުނާ ގޮތުގައި ދުނިޔޭގެ ތިންބައިކުޅަ އެއްބައި މިޔަރުވަނީ ނެތިދިޔުމުގެ ބިރުހީވެފައި
- މިޔަރަކީ ކަނޑުގެ އެހެން ދިރުންތަކުގެ އާބާދީ ކޮންޓްރޯލކޮށް ބަހައްޓައިދޭ ޝިކާރަވެރިއެއް
- މިޔަރަކީ މެމަލްއެއްނޫންް، އެއީ ހަމަ މަހެއް
- ދުނިޔޭގައި އަހަރަކު 200 މިލިއަނަށް ވުރެ ގިނަ މިޔަރު މަރާ
އެނގުނު ވަރު
ބަލާލަމާ!
ދެން އޮތީ ކުއިޒު! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ

