މި އެޑިއުކޭޝަން ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ

ދިވެހި

ހަޔަވީ ސިންދަފާތު (ބަޔޮލޮޖިކަލް ޑައިވާސިޓީ)މާހައުލެއްގައި ހިމެނޭ ދިރުމުގެ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން.  
މާހައުލީނިޒާމު (އިކޯސިސްޓަމް)ވަކި ސަރަޙައްދެއްގެ މާހައުލާއި އެތަނެއްގެ އެކަތި އަނެކައްޗާ ގުޅިފައިވާ ގުޅުމުގެ ސިލްސިލާ. 
ކާނާގެވިއުގަ (ފުޑް ޗެއިން) ގަސްގަހާއި ޖަނަވާރުތަކަށް ހަކަތަ އާއި ކާނާ ލިބޭ ނިޒާމު ނުވަތަ ވިއުންގަނޑު. މި ވިއުގައިގެ އެންމެ ދަށް ފަންތީގައި ތިބެނީ އިރުގެ އަލިން ހަކަތަ ހޯދާ ދިރުންތައް. އަދި އެންމެ މަތީ ފަންތީގައި ތިބެނީ އެހެން ޖަނަވާރު ކައިގެން ހަކަތަ ހޯދާ ޝިކާރަވެރި ޖަނަވާރުތައް. 
އެންމެ މަތީ ފަންތީގައި ޝިކާރަކުރާ މަސް (އޭޕެކްސް ޕްރިޑެޓަރ)ކާނާގެވިއުގައިގެ އެންމެ މަތީ ފަންތީގައި ތިބޭ މަސް. މި ފަންތީގެ މަސްތައް ޝިކާރަކުރާ އެހެން އެއްވެސް މަހެއް ނޫޅޭ.
މެދުތެރޭ ފަންތީގައި ޝިކާރަކުރާ މަސް (މީސޯ ޕްރިޑެޓަރ)މި ފަންތީގައި ހިމެނެނީ ކާނާގެވިއުގައިގެ ތިރީގައި ތިބޭ ކުދި މަސްތަށް ކައި އުޅޭ މަސްތައް.
އިންވާޓިބްރޭޓްސްމައިބަދައެއް އެކުލެވިގެން ނުވާ ބާވަތުގެ ދިރުންތައް. މިސާލަކަށް: ބޯވަ، ހުއިފިލަނޑާ، އިހި، ބޮލި. 
ފެހި ކައިހަދާ މަސްތައް (ހަރބިވޯ)ގަސްގަހާގެހި ނުވަތަ ފެހި (އަލްގޭ) ކައިގެން ހަކަތަ ހޯދާ ޖަނަވާރުތައް.  
ގާހުދުވުން (މުރަކައަށް ނިސްބަތްކޮށް)މުރަކަތަކުގެ މަތީ ފަށަލައިގާ އުޅޭ އެއަށް ކުލަގެނެސްދޭ  ފެހި (އަލްގޭ) ބޭރުކޮށްލުމުން މުރަކަތަކުގެ ކުލަ ހުދުކުލައަށް ބަދަލުވުން. 
އޯވަރފިޝިންމަސްތައް އާލާވެވޭ ވަރަށް ވުރެ ހަލުވި މިނެއްގައި ވަކި ސަރަހައްދަކުން މަސް ބޭނުމުން، މަހުގެ ސްޓޮކް ހީނަރުވުން. 
ބިސްދޫކުރަން ޖަމާވާ ޖަމާވުންގިނަ އަދަދެއްގެ މަސްތަކެއް ދަރިމައިވުމުގެ ބޭނުމުގައި އެއްސަރަހައްދަކަށް ޖަމާވުން 
އޯޝަން އެސިޑިފިކޭޝަންކަނޑުގައި ކާބަންޑައިއޮކްސައިޑްގެ މާއްދާތައް އިތުރުވުމުން ކަނޑުގެ ލޮނުގަނޑު އެސިޑިކްވުން. 
އަންހެން-ފިރިހެން މަސްތަކުގެ ހަމަހަމަކަން ނެތިދިޔުން (ސްކިއުޑް ސެކްސް ރޭޝިއޯ)ޖިންސު ބަދަލުކުރާ މަސްތަކުގެ ތެރެއިން ބޮޑެތި މަސްތައް ބޭނުމުން ފިރިހެން މަސްތައް މަދުވެ، އާބާދީގައި ދެ ޖިންސުގެ މަހުގެ ހަމަހަމަކަން ނެތިދިޔުން.
ފެކަންޑް/ ފެކަންޑިޓީދަރިމައިވެ ބިސް/ ކުދިމަސް އުފެއްދުމުގެ ގާބިލުކަން.
ދެމެހެއްޓެނިވިކަންޒިންމާދާރުކޮށް ވަސީލަތްތައް ބޭނުންކޮށް މުސްތަގުބަލަށް ދެމިގެންދާގޮތަށް ކަމެއް ކުރުން (މިސާލަކަށް މަސްވެރިކަން).
ސްޕިލްއޯވަރ އިފެކްޓްހިމާޔަތްކުރެވިފައިވާ ސަރަހައްދަކުން ބޭރަށް މަސްތައް ދަތުރުކޮށް ކައިރީގައިވާ މަސްބޭނުން ހުއްދަ ސަރަހައްދުތަކުގައި މަސްތައް ގިނަވުން.
ބައިކެޗްމަސްވެރިކަމުގެ ތެރޭގައި ބާނަން ބޭނުންނުވާ ބާވަތެއްގެ ދިރުމެއް ބޭނުން