މި އެޑިއުކޭޝަން ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ

ރާއްޖޭގެ

މޫދުވިނަ ހިމާޔަތްކުރުން

މޫދުވިނައަކީ އެންމެ ފުރިހަމައަށް އޭގެ އަގުވަޒަން ކުރެވިފައި ނުވާ، ކަނޑުތަކަށް ވަރަށް މުހިއްމު ދިރުމެއް

ފަރުތަކަށް ލިބޭ ވަރަށް ސަމާލުކަމެއް ނުލިބުނު ކަމުގައި ވީނަމަވެސް މޫދުވިނައަކީ ރާއްޖެއަށް ދުޅަހެޔޮ މުސްތަގުބަލެއް ކަށަވަރުކުރުމަށް ވަރަށް މުހިއްމު ދިރުމެއް.

މޫދުވިނައިން އަހަރުމެނަށް ލިބޭ ފައިދާތަކާއި އެއަށް ދިމާވާ ގޮންޖެހުންތަކަށް ބަލާލަމާ

މޫދުވިނަ އިތުރަށް ދެނެގަތުމަށް ތިރީގައިވާ ވީޑިއޯ ބަލާލާ

މިހާރު މޫދުވިނައިގެ ބަޔޮލޮޖީ ދަސްވިމުން، އެއިން މީހުންނަށާއި، ވެއްޓަށާއި، މޫސުމަށް ފައިދާކުރާ ގޮތް ދެނެގަތުމަށް ތިރީގައިވާ ޕޯސްޓަރުތައް ބަލާލާ

މޫދުވިނައިގެ 
މަންފާ

ހިތާމައަކީ، މޫދުވިނައަކީ ރާއްޖޭގައި އަގުނުކުރެވޭ ވެއްޓެއް، އަދި ވަރަށް މުހިއްމު ނަމަވެސް ބޭނުންނެތް ކަމުގައިވެސް ބެލެވޭ ތަނެއް

މޫދުވިނައަށް ހުރި ނުރައްކާތައް ދެނެގަތުމަށް ތިރީގައިވާ ޕޯސްޓަރުތައް ބަލާލ

މޫދުވިނައަށް ހުރި
ނުރައްކާތައް 

ރާއްޖޭގެ މޫދުވިނަ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތައް އިނގޭތަ؟

ތިރީގައިވާ ކެމްޕޭނާއި ބެހޭ މައުލޫމާތު ކިޔާލ

ކެމްޕޭން:

#ProtectMaldivesSeagrass

ރާއްޖޭގެ ގިނަ ރިސޯޓުތަކުން އަދިވެސް މޫދުވިނަ ނައްތާ

އަހަރުމެން 2019 ވަނަ އަހަރު  މޫދުވިނައިގެ މުހިއްމުކަމާއި، އޭގެ ފައިދާ ފަތުރުވެރިކަމަށްް ކުރާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ފެށިން

މޫދު ވިނައިގެ ފައިދާ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އަހަރުމެންގެ މުޖިތަމައުތަކަށް ހާސިލުވުމަށް، ރިސޯޓުތަކުގެ މޫދުވިނަ ދަނޑުތަކުގެ 80 އިންސައްތަ ހިމާޔަތްކުރުމަށް އެދުނިން

މި ކެމްޕޭނު ވަރަށް ކާމިޔާބު! 30 އަށް ވުރެ ގިނަ ރިސޯޓު މި ކެމްޕޭނުގައި ބައިވެރިވެ، ޖުމްލަ 830000 އަކަ މީޓަރުގެ މޫދުވިނަ ދަނޑުތައް ހިމާޔަތް ކުރެވުނު

އިތުރު މައުލޫމާތު ހޯދުމަށް މި ވެބްސައިޓް ބަލާލާ

މޫދުވިނައިގެ

ސައިންސް

މޫދުވިނަ ބަލާ ސިޓިޒަން ސައިންޓިސްޓަކަށް ވާނަންތަ؟ 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި “ސީގްރާސް ސްޕޮޓާ” އެޕް ނުވަތަ ވެބްސައިޓް ބޭނުންކޮށްގެން މުދުވިނަ ހިމާޔަތްކުރަން އާއްމު މީހުން އެހީވޭ

:ބޭނުން ކުރާނެ ގޮތް

  1. ފޯނަށް އެޕް ޑައުންލޯޑް ކުރުން ނުވަތަ ވެބް ޕޯޓަލް ހުޅުވުން 
  1. އެކައުންޓެއް ހަދައިގެން ސައިން އިން ވުން 
  1. އެޕްގައި “ނިއު ސައިޓިންގް” ނުވަތަ ވެބް ޕޯޓަލްގައި “ސައިޓިންގްސް” އިޙްތިޔާރު ކުރުން 
  1. މޫދުވިނައިގެ ފޮޓޯއެއް ނެގުން ނުވަތަ ގެލަރީ އިން މޫދުވިނައިގެ ފޮޓޯ އަޕްލޯޑް ކުރުން
  1. ކޮންވައްތަރެއްގެ މޫދުވިނައެއްކަން ދެނެގަތުމަށް އަދި ފެނުނު ތަން ރިކޯދު ކުރުމަށް އިރުޝާދުތައް ކިޔާލާ 

ރާއްޖޭގެ މޫދުވިނަ އިތުރަށް ދެނެގަތުމަށް ސައިންސްވެރިންނަށް މި މައުލޫމާތު ބޭނުން ކުރެވޭނެެ 

ރާއްޖޭގައި ހުންނަ މޫދުވިނައިގެ ބާވަތްތައް ދަސްކުރުމަށް ތިރީގައިވާ ޕޯސްޓަރު ބަލާލާ 

މޫދުވުނަ ހިމާޔަތް ކުރުމަށް

ކޮށްދެވޭނީ ކޮން ކަމެއް؟ 

  • މޫދުވިނައާއި ބެހޭ މައުލޫމާތު ރައްޓެހިންނަށް ކިޔާދީ އެމީހުން ހޭލުންތެރިކުރުވުން 
  • މޫދުވިނައިގައި އުޅޭ ދިރުންތައް ހޯދާ އޭގެ ފޮޓޯ  #ProtectMaldivesSeagrass ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހިއްސާކުރުން 
  • ރަށުގެ ވަށައިގެންވާ މޫދުވިނަ ދަނޑުތައް ނައްތާލުމާ ދެކޮޅަށް ވާހަކަ ދެއްކުން 
  • މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ފަދަ މޫދުވުނަ ޕްރޮމޯޓް ކުރާ ޖަމިއްޔާތަކަށް އެއްބާރުލުން ދިނުން 
  • ސީގްރަސް ސްޕޮޓާ އެޕް މެދުވެރިކޮށް ތިމާއުޅޭ ސަރަހައްދުގެ މޫދުވުނައާ ބެހޭ މައުލޫމާތު ހިއްސާކުރުން 
  • ކާބަން ފުޓްޕރިންޓާއި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުނ

ދަސްވި ވަރު

ބަލާލަމާ:

ދެން އޮތީ ކުއިޒް! 
ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ 

Module 9 – Protecting Maldives Seagrass – Seagrass Superheroes
0% Complete
1 / 10
މޫދުވިނަ އެންމެގާތީ ސީވީޑް (ފެހި) ނުވަތަ އެއްގަމު ގަސްތަކާތަ؟