މޫސުމީ ބަދަލަކީ
ކޮބާ؟
މޫސުމީ ބަދަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިނިހޫނުމިނަށާއި މޫސުމަށް ދުރު ރާސްތާގައި އަންނަމުންދާ ބަދަލުތައް.
ވޭތުވެދިޔަ 200 އަހަރު ތެރޭގައި ދުނިޔޭގެ މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ އަމަލުތައް.
އިންސާނުން އެކި އެކި ބޭނުމަށް ފޮސިލް ފިޔުލް އެންދުމުން، އޭގެން ގްރީންހައުސް ގޭސްތައް ބޭރުވޭ. މި ގޭސްތަކަކީ އިރުން ފޯރާ ހޫނު ދުނިޔޭގެ ޖައްވުގެ ތެރޭގައި ހިފަހައްޓާ މާާއްދާތަކެއް.
މޫސުމީ ބަދަލުން ރާއްޖެއަށް
އަސަރުކުރަނީ ކިހިނެއް؟
ތިރީގައިވާ ޕޯސްޓަރު ބަލާލާ އިތުރަށް އުނގެނެމާ!

މޫސުމީ ބަދަލުތަކުން
ރާއްޖެއަށް ކުރާ އަސަރު
ދިވެހި ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަމުން، ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަހަރުމެންނަށް. ނަމަވެސް މިއީ މުޅި ދުނިޔޭގެ މައްސަލައެއް.
ނުރައްކާތެރި ގޭސްތަކުގެ ބޮޑުބައެއް ޖައްވަށް ދޫކުރަނީ ބޮޑެތި ކޯޕަރޭޝަންތަކުންނާއި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުން.
މިއީ އަހަރެމެން އުފެއްދި މައްސަލައެއް ނޫން ނަމަވެސް، މިމައްސަލައަށް ހައްލު ހޯދުމަށް އަހަރެމެންނަށް އިސް ދައުރެއް އަދާކުރެވޭނެ.
މޫސުމަށް އަންނަ ބަދަލުތަކަށް
ދިވެހިރާއްޖެ ހޭނޭނީ ކިހިނެއް؟
ތިރީގައިވާ ވީޑިއޯ ބަލާލާ އުނގެނެމާ!


ކަނޑަކީ އަހަރުމެންގެ
ކްލައިމެޓް ހީރޯ
އަހަރެމެން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކަނޑުފަޅުތައް މުހިންމު ދައުރެއް އަދާކުރޭ.
އިންސާނުންގެ ސަބަބުން ޖައްވަށް ބޭރުކޮށްފައިވާ ހޫނުގެ 90 އިންސައްތަ އަދި ކާބަންޑައިއޮކްސައިޑްގެ 38 އިންސައްތަ ވަނީ ކަނޑުތަކުން އެތެރެކޮށްފައި.
އެކަމަކު ކަނޑުތަކުން މިކަން ކުރަނީ ކިހިނެއް؟
ތިރީގައިވާ ޕޯސްޓަރު ބަލާލާ!

ކަނޑަކީ އަހަރުމެންގެ
ކްލައިމެޓް ހީރޯ
މޫސުމީ ބަދަލުތައް ހުއްޓުމަށް
ކުރެވޭނީ ކޮން ކަމެއް؟
1. ކާރު ފަދަ ވެހިކަލްތަކުގެ ބަދަލުގައި ބައިސްކަލު ބޭނުންކުރުން ނުވަތަ ފައިމަގުގައި އުޅުން.
2. ބޭނުންކުރާ އެއްޗެހި މަދުކޮށް، އަލުން ބޭނުންކޮށް، ރީސައިކަލް ކުރުން.
3. ކަރަންޓު އިސްރާފުނުކުރުން.
4. މައުލޫމާތު މުއްސަނދިކޮށް، އާއިލާއާއި ރައްޓެހިންނާއި ހިއްސާކުރުން.
5. އެންމެ މުހިންމު ކަމަކީ، މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޑު އުފުލުން!
ދަސްވި ވަރު
ބަލާލަމާ:
ދެން އޮތީ ކުއިޒް!
ތިރީގައިވާ 10 ސުވާލަށް ރަނގަޅު ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ.

