| ހަޔަވީ ސިންދަފާތު (ބަޔޮލޮޖިކަލް ޑައިވާސިޓީ) | މާހައުލެއްގައި ހިމެނޭ ދިރުމުގެ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން. |
| މާހައުލީނިޒާމު (އިކޯސިސްޓަމް) | ވަކި ސަރަޙައްދެއްގެ މާހައުލާއި އެތަނެއްގެ އެކަތި އަނެކައްޗާ ގުޅިފައިވާ ގުޅުމުގެ ސިލްސިލާ. |
| ކާނާގެވިއުގަ (ފުޑް ޗެއިން) | ގަސްގަހާއި ޖަނަވާރުތަކަށް ހަކަތަ އާއި ކާނާ ލިބޭ ނިޒާމު ނުވަތަ ވިއުންގަނޑު. މި ވިއުގައިގެ އެންމެ ދަށް ފަންތީގައި ތިބެނީ އިރުގެ އަލިން ހަކަތަ ހޯދާ ދިރުންތައް. އަދި އެންމެ މަތީ ފަންތީގައި ތިބެނީ އެހެން ޖަނަވާރު ކައިގެން ހަކަތަ ހޯދާ ޝިކާރަވެރި ޖަނަވާރުތައް. |
| އެންމެ މަތީ ފަންތީގައި ޝިކާރަކުރާ މަސް (އޭޕެކްސް ޕްރިޑެޓަރ) | ކާނާގެވިއުގައިގެ އެންމެ މަތީ ފަންތީގައި ތިބޭ މަސް. މި ފަންތީގެ މަސްތައް ޝިކާރަކުރާ އެހެން އެއްވެސް މަހެއް ނޫޅޭ. |
| މެދުތެރޭ ފަންތީގައި ޝިކާރަކުރާ މަސް (މީސޯ ޕްރިޑެޓަރ) | މި ފަންތީގައި ހިމެނެނީ ކާނާގެވިއުގައިގެ ތިރީގައި ތިބޭ ކުދި މަސްތަށް ކައި އުޅޭ މަސްތައް. |
| އިންވާޓިބްރޭޓްސް | މައިބަދައެއް އެކުލެވިގެން ނުވާ ބާވަތުގެ ދިރުންތައް. މިސާލަކަށް: ބޯވަ، ހުއިފިލަނޑާ، އިހި، ބޮލި. |
| ފެހި ކައިހަދާ މަސްތައް (ހަރބިވޯ) | ގަސްގަހާގެހި ނުވަތަ ފެހި (އަލްގޭ) ކައިގެން ހަކަތަ ހޯދާ ޖަނަވާރުތައް. |
| ގާހުދުވުން (މުރަކައަށް ނިސްބަތްކޮށް) | މުރަކަތަކުގެ މަތީ ފަށަލައިގާ އުޅޭ އެއަށް ކުލަގެނެސްދޭ ފެހި (އަލްގޭ) ބޭރުކޮށްލުމުން މުރަކަތަކުގެ ކުލަ ހުދުކުލައަށް ބަދަލުވުން. |
| އޯވަރފިޝިން | މަސްތައް އާލާވެވޭ ވަރަށް ވުރެ ހަލުވި މިނެއްގައި ވަކި ސަރަހައްދަކުން މަސް ބޭނުމުން، މަހުގެ ސްޓޮކް ހީނަރުވުން. |
| ބިސްދޫކުރަން ޖަމާވާ ޖަމާވުން | ގިނަ އަދަދެއްގެ މަސްތަކެއް ދަރިމައިވުމުގެ ބޭނުމުގައި އެއްސަރަހައްދަކަށް ޖަމާވުން |
| އޯޝަން އެސިޑިފިކޭޝަން | ކަނޑުގައި ކާބަންޑައިއޮކްސައިޑްގެ މާއްދާތައް އިތުރުވުމުން ކަނޑުގެ ލޮނުގަނޑު އެސިޑިކްވުން. |
| އަންހެން-ފިރިހެން މަސްތަކުގެ ހަމަހަމަކަން ނެތިދިޔުން (ސްކިއުޑް ސެކްސް ރޭޝިއޯ) | ޖިންސު ބަދަލުކުރާ މަސްތަކުގެ ތެރެއިން ބޮޑެތި މަސްތައް ބޭނުމުން ފިރިހެން މަސްތައް މަދުވެ، އާބާދީގައި ދެ ޖިންސުގެ މަހުގެ ހަމަހަމަކަން ނެތިދިޔުން. |
| ފެކަންޑް/ ފެކަންޑިޓީ | ދަރިމައިވެ ބިސް/ ކުދިމަސް އުފެއްދުމުގެ ގާބިލުކަން. |
| ދެމެހެއްޓެނިވިކަން | ޒިންމާދާރުކޮށް ވަސީލަތްތައް ބޭނުންކޮށް މުސްތަގުބަލަށް ދެމިގެންދާގޮތަށް ކަމެއް ކުރުން (މިސާލަކަށް މަސްވެރިކަން). |
| ސްޕިލްއޯވަރ އިފެކްޓް | ހިމާޔަތްކުރެވިފައިވާ ސަރަހައްދަކުން ބޭރަށް މަސްތައް ދަތުރުކޮށް ކައިރީގައިވާ މަސްބޭނުން ހުއްދަ ސަރަހައްދުތަކުގައި މަސްތައް ގިނަވުން. |
| ބައިކެޗް | މަސްވެރިކަމުގެ ތެރޭގައި ބާނަން ބޭނުންނުވާ ބާވަތެއްގެ ދިރުމެއް ބޭނުން |
| ނައިޓްރޮޖަން | ދުނިޔޭގެ ހުރިހާ ދިރުންތަކަށް ކޮންމެހެން ބޭނުންވާ ކެމިކަލް އެލިމެންޓެއް. |
| ސައިނޮބެކްޓީރިއަމް | އިރުގެ ހޫނު ބޭނުންކޮށްގެން ހަކަތަ އުފައްދާ ޖަރާސީމެއް |
| އަލްގަލް ބްލޫމް | ހަލުވިކަމާއެކު ފެހި އިތުރުވެ، ފެނުގެ ކުލަ ބަދަލުވެ، އޮކްސިޖަން ލެވަލް ދަށަށްގޮސް، ވިހަ މާއްދާތައް އިތުރުވުން |
| ޑެޑް ޒޯންސް | ކަނޑުގެ ދިރުންތައް މަރުވާވަރަށް އޮކްސިޖަން މަދު ސަރަޙައްދުތައް |
| ޔޫޓްރޮފިކޭޝަން | ފެނުގައި ނިއުޓްރިއެންޓްސް (މިސާލަކަށް ނައިޓްރޮޖަން) ގިނަވުން. އަލްގަލް ބްލޫމްސް އަކީ މިކަމުގެ އެއް ނިޝާން |
| މޫސުމީ ބަދަލު | ދުނިޔޭގެ ފިނިހޫނުމިނަށާއި މޫސުމަށް ދުރު ރާސްތާގައި އަންނަމުންދާ ބަދަލުތައް |
| ފޮސިލް ފިޔުލް | މިސާލަކަށް ތެޔޮ، ކޯލް އަދި ގުދުރަތީ ގޭސް. މިއީ ދިރޭތަކެތި ފަނާވުމުން އެތައް ޒަމާންތަކަކުން އުފެދޭ މާއްދާތަކެއް |
ގްރީންހައުސް ގޭސްް | ދުނިޔޭގެ ޖައްވުގެ ތެރޭގައި އިރުގެ ހޫނު ހިފަހައްޓައިދޭ އެކިއެކި މާއްދާތައް. މިސާލަކަށް ކާބަން ޑައިއޮކްސައިޑް |
ބިމުގެ ފެން ފަށަލަް | ބިމު އަޑީ ފަށަލަތަކުގައި ރައްކާކުރެވިފައި ހުންނަ ފެން |
| ފައިޓޯޕްލޭންކްޓަން | ކަނޑުގައި އުޅޭ ކުދިކުދި ފެހީގެ ބާވަތްތަެއް |
| ބްލޫ ކާބަނ | ކަނޑުފަޅުގެ މާހައުލީ ނިޒާމު ތަކުގައި ރައްކާކުރެވޭ ކާބަން |
| ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަން | ގުދުރަތީ ވެއްޓާއި އެތަނެއްގައި ދިރިއުޅޭ މީހުންނަށް ހުރުމަތްތެރިކޮށް ހިތައިގެން ކުރެވޭ ޒިންމާދާރު ފަތުރުވެރިކަން |
| ސިޓިޒަން ސައިންސ | އާންމުން ބައިވެރިވެގެން ކުރާ ދިރާސާ. އާންމުކޮށް މިފަދަ ދިރާސާ ކުރަނީ ބޮޑު ޕްރޮގްރާމެއްގެ ތެރެއިން |
| ޖީޑީޕީ، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް | ވަކި މުއްދަތެއްގެ ތެރޭގައި ޤައުމަކުން އުފައްދާ މުދަލާއި ހިދުމަތްތައް މިނެކިރުމަށް ބޭނުންކުރެވޭ އަދަދެއް |
| ކޯޑް އޮފް ކޮންޑަކްޓ | އެކިއެކި ކަންކަން ކުރުމުގައި އަމަލުކުރަން ރަނގަޅު ގޮތްތައް ކަނޑައެޅުމަށް ހެދޭ އުސޫލުތައް |