ޒިންމާދާރު ފަތުރުވެރިކަން
ވެށިވެރި ފަތުރުވެރިކަން
ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ނަގާކިޔޭ ފަތުރުވެރިކަމުގެ މަންޒިލެއް. އަހަރެއްގެ މައްޗަށް 2 މިލިއަނާއި ގާތްކުރާ މިންވަރަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރޭ
ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަނީ އަހަރެމެންގެ ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކާއި، މޫދުކުޅިވަރުތަކާއި މަތީފަންތީގެ ރިސޯޓުތައް ފަދަ އެކިއެކި ތަފާތު ތަޖުރިބާތައް ހޯދުމަށް
ރާއްޖޭގެ އިޤްތިސާދު ބަރޯސާވަނީ ފަތުރުވެރިކަމުގެ މައްޗަށް. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދު އޭގެ މައްޗަށް ބިނާވެ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަސަރުކުރާ ކަމެއްކަން ވަރަށް ސާފު
އެކަމަކު ފަތުރުވެރިކަމުން އަހަރެމެންގެ ރަށްތަކާއި ކަނޑުގެ ދިރުންތަކަށް އަސަރުކުރަނީ ކިހިނެތް ބާ
މި މޮޑިއުލްގައި ބަލާލާނީ ރާއްޖެއަށް ފަތުރުވެރިކަން މުހިންމުވަނީ ކީއްވެގެންކަމާއި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ކުރިމަގެއް ޔަޤީންކުރެވޭނީ ކިހިނެއްތޯ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ ވީޑިއޯ ބަލާލާ
ފަތުރުވެރިކަމުގެ
މުހިންމުކަން
ރާއްޖެއަށް ފަތުރުވެރިކަން މުހިންމުވާ ތަފާތު ސަބަބުތައް ތިރީގައިވާ ޕޯސްޓަރުން ބަލާލާ
ފަތުރުވެރިކަން ރާއްޖެއަށް
މުހިންމު ވަނީ ކީއްވެ؟
ނަމަވެސް ފަތުރުވެރިކަމަކީ މައްސަލަތަކެއްވެސް ކުރިމަތިކުރުވާ ކަމެއް
ފަތުރުވެރިކަމުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ތިރީގައިވާ ޕޯސްޓަރު ބަލާލ
ފަތުރުވެރިކަމުގެ ފޮރުވިފައިވާ އަގު
ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރަމުންދާ ގޮތުގެ ބައެއް މިސާލުތައް ތިރީގައިވާ ޕޯސްޓަރުން ބަލާލާ
ޒިންމާދާރު ފަތުރުވެރިކަން
ވަކި ވަކި ކޯޑް އޮފް ކޮންޑަކްޓްތައް ބަލާލުމަށް ތިރީގައިވާ ލިންކުތައް ބަލާލާ
މޯލްޑިވްސް ރެސިލިއަންޓް ރީފްސްގެ ރިކްރިއޭޝަނަލް ފިޝިން ގައިޑް
ގްރީން ފިންސްގެ ޑައިވިން ގައިޑް
މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމްގެ ފެހުރިހި ގައިޑް
އެނގުނު ވަރު
ބަލާލަމާ!
ދެން އޮތީ ކުއިޒް! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ.