މި އެޑިއުކޭޝަން ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ

ނައިޓްރޮޖަނަކީ

ކޮބާ؟

ނައިޓްރޮޖަނަކީ ކެމިކަލް މާއްދާއެއް، މިއީ ދުނިޔޭގެ ހުރިހާ ދިރުންތަކަކަށް ވެސް ކޮންމެހެން ބޭނުންވާ އެއްޗެއް. 

އަހަރެމެންގެ ހަށިގަނޑާއި، ކާބޯތަކެއްޗާއި، ފަސްގަނޑާއި، ކަނޑާއި، ވައިގެ ތެރޭގައިވެސް ނައިޓްރޮޖަން ހުރޭ. 

އޮގޮތުން އަހަރުމެން ނޭވާލާ ވައިގެ 78 އިންސައްތައަކީ ނައިޓްރޮޖަން. 

ރާއްޖޭގައި ނައިޓްރޮޖަން އަދާކުރާ ރޯލު ދެނެގަތުމަށް މި ވީޑިއޯ ބަލާލާ. 

ޖައްވާއި ކަނޑާއި ދެމެދު ނައިޓްރޮޖަން ދަތުރުކުރާ ގޮތް ދެނެގަތުމަށް ތިރީގައިވާ ޕޯސްޓަރު ބަލާލާ. 

ކަނޑުގެ
ނައިޓްރޮޖަން ސައިކަލް

ކަނޑަށް ނައިޓްރޮޖަން އެތެރެވަނީ ކިހިނެއް؟ 

ތިރީގައިވާ ޕޯސްޓަރު ބަލާލާ! 

ދަނޑުވެރިކަމާއި
ނައިޓްރޮޖަން

ފަރުތަކާއި ނަރުދަމާ
– ހައްލެއް ހޯދަމާ

ނައިޓްރޮޖަނުން ތަޣައްޔަރުވިޔަ ނުދިނުމަށް

ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ރަށު ކައުންސިލާއި މަޖިލީހުގެ މެންބަރުންނާއި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުން. 

ގުދުރަތީ ގަސްކާނާ ބޭނުންކުރުމަށް ދަނޑުވެރިންނަށް އެހީތެރިވެދިނުން. 

މޫދުވިނަ އާއި ކުޅިފާ ޗަސްބިންތައް ހިމާޔަތްކުރުން. 

އެނގުނު ވަރު

ބަލާލަމާ!

ދެން އޮތީ ކުއިޒް! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ

Module 7 – Nitrogen – the key to life
0% Complete
1 / 10
ނައިޓްރޮޖަނަކީ ކޮބާ؟