ފަރުމަހުގެ ބަޔޮލޮޖީ
ފަރުމަހުގެ އާދަޔާހިލާފު ދިރިއުޅުން
މަސް ނެތް ފަރެކޭ މީހުން ނެތް ސިޓީއެކޭ އެއްފަދަ. ފަރުތަކުގެ މާހައުލީނިޒާމުގައި ފަރުމަސް ވަރަށް މުހިންމު ދައުރެއް އަދާކުރޭ. މިއީ ދިވެހިން ކާންބޭނުންކުރާ އަދި އެތަކެއް ދިވެހިންގެ އާމްދަނީ އާއި ގުޅިފައިވާ މަސްތަކެއް. ފަރުމަސްމަހުގެ އާދަޔާ ހިލާފު ހަޔަވިއްޔާތުގެ ސަބަބުން، ދެމެހެއްޓިނިވި ނޫންގޮތުގައި މަސްވެރިކަންކޮށްފިނަމަ ފަރުމަހުގެ އާބާދީ ވަރަށް ފަސޭހައިން ހީނަރުވެގެންދޭ.
ފަރުމަހުގެ އާދަޔާ ހިލާފު ދިރިއުޅުމާއި ގުޅޭ މައުލޫމާތު ހޯދުމަށް މި ވީޑިއޯ ބަލާލާ.

ބްލޫ މެރިން ފައުންޑޭޝަނާއި މޯލްޑިވްސް ރެސީލިއަންޓް ރީފްސްއިން ވަނީ ފާނަ ބިސްދޫކުރާ 9 ސަރަހައްދެއް ލާމު އަތޮޅުން ހޯދާފައި. މީގެ ތެރެއިން އެއް ސަރަހައްދެއް އެޓީމުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާ ކޮށްފައި.

އަހަރުގެ ގިނަ މަސްމަހުގެ ކަޅުފޮއެ ދުވަސްވަރުގައި އަތޮޅުގެ އެކި ހިސާބުތަކުން ފާނައިގެ 3 ބާވަތެއް (ކަސްފާނަ، އޮޅުފާނަ އަދި ކުލަފާނަ) ބިސްދޫކުރުމަށް އެ ސަރަހައްދަށް ޖަމާވޭ.
ފާނަ ބިސްދޫކުރަން އެއްތަނަކަށް ޖަމާވާ ޖަމާވުމާއި، މިކަމާއި އިންސާނުންނާއި މޫދުގައި އުޅޭ އެހެން ދިރުންތަކާއި ގުޅިލާމެހިފައިވާ ގޮތް ދެނެގަތުމަށް ތިރީގައިވާ ޕޯސްޓަރު ބަލާލާ!

ބިސްދޫކުރަން ޖަމާވާ ޖަމާވުން

އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ ވީޑިއޯތައް ބަލާލާ!
ދެމެހެއްޓެނިވި ނޫން ގޮތަކަށް މަސްވެރިކަން ކުރާނަމަ، ފަރުމަހުގެ އިތުރުން، ކަނޑުގެ ފުންހިސާބުތަކުގައި އުޅޭ އެހެން މަސްތަކުގެ އާބާދީ ހީނަރުވުމުގެ ފުރުސަތުވެސް ބޮޑު. މިސާލަކަށް “ރޫބީ” ބޭނުމަކީ މިހާރު ރާއްޖޭގައި އާންމު ކަމެއް. މިބާވަތުގެ މަސްމަހުގެ ހަޔަވިއްޔާތާއި ބެހޭ މައުލޫމާތު އެއްވެސް ވަރަކަށް ހޯދިފައި ނުވާތީ އެސޮރުމެންގެ އާބާދީ ހީނަރުވުމުގެ ފުރުސަތު ބޮޑު.
އެނގުނު ވަރު
ބަލާލަމާ!
ދެން އޮތީ ކުއިޒު! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ.