މި އެޑިއުކޭޝަން ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ

ދިވެހިރާއްޖޭގެ ކަނޑުފަޅުތައް 

އަހަރެމެންގެ އަގުހުރި ފަރުތައް 

އަހަރެމެންގެ އަގުނުކުރެވޭފަދަ ފަރުތަކަކީ އަހަރެމެންގެ ރަށްތައް އުފެދުމުގެ ފެށުން – ނުވަތަ ބިންގާ. ރާއްޖޭގެ ކަނޑުފަޅާ ގުޅިފައިމިވާ މާހައުލުތަކަކީ އެތައް ގަރުނެއް ވަންދެން އަހަރެމެން  މިރަށްތަކުގައި ދެމިތިބުމަށް އެހީތެރިވެފައިވާ ތަންތަން. ދުނިޔޭގައި  7 ވަނައަށް އެންމެ ބޮޑު ފަރުގެ ނިޒާމު ލިބިފައިވުމަކީ އަހަރެމެންނަށް ލިބިފައިވާ ވަރަށް ބޮޑު ފަހުރެއް. އަހަރެމެންނަށް ކާނާއާއި އާމްދަނީ ލިބެނީ މި ފަރުތަކުގެ ސަބަބުން. އަދި އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ މުސްތަޤުބަލު ގުޅިފައިވަނީ މިފަރުތަކުގެ ދުޅަހެޔޮކަމާ. ނަމަވެސް މިފަރުތަކަށް އެކިބާވަތުގެ ނޭދެވޭ އަސަރުކޮށް އެތަންތަން ނެތިދިޔުމުގެ ބިރު މިހާރު މިވަނީ ކުރިމަތިވެފައި. މި މޮޑިއުލްގައި ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުތަކާއި އަދި މި މާހައުލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކައް ބަލާލަން ހިނގާ

މޫސުމީ ބަދަލުތަކުގެ ސަބަބުން އަހަރެމެންގެ ފަރުތަކަށާއި ދިރިއުޅުމަށް ކުރާ އަސަރު ދެނެގަތުމަށް މި ވީޑިއޯ ބަލާލާ! 

މުހިންމު ކަނޑުފަޅުގެ

މާހައުލުތައް

ދިވެހިރާއްޖޭގައިވާ އެންމެ މުހިންމު ތިން މާހައުލީ ނިޒާމުތަކުގައި ދިރިއުޅޭ އަޖައިބުކުރަނިވި ދިރުންތަކުގެ މައުލޫމާތު ހޯދާލުމަށް މި ޕޯސްޓަރުތައް ބަލާލާ!

އެނގުނު ވަރު

ބަލާލަމާ!

ދެން އޮތީ ކުއިޒު! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ. 

Module 1 – Maldives Marine Environment
0% Complete
1 / 10
ރާއްޖޭގައި ކަނޑުގެ ލޮނުގަނޑަށް ވުރެ 1 މީޓަރު މައްޗަށް އުފުލިފައި ނުވާ ރަށްތަކުގެ އިންސައްތައަކީ ކޮބާ؟