މި އެޑިއުކޭޝަން ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ

މަސްވެރިކަން މެނޭޖުކުރުން

ތިމާވެށި ރައްކާތެރިކުރުމުގައި ބައިވެރިވުން 

ކަނޑުފަޅު ރައްކާތެރިކުރުމުގައި އަމަލީގޮތުން ބައިވެރިވާންވީ ވަގުތަކީ މިއީ! 

މި މޮޑިއުލްގައި، ހިމާޔަތްކުރެވޭ ކަނޑުފަޅުގެ ސަރަހައްދުތަކާއި ބާނާ މަހުގެ ސައިޒު ލިމިޓް ގެންގުޅުމުގެ މުހިންމު މައުލޫމާތު ލިބޭނެ. އަދި ހިމާޔަތްކުރަން އެޅޭ ފިޔަވަޅުތަކުން ލިބޭނެ ފައިދާތައް އެނގިގެންދާނެ. 

މަހުގެ ސްޓޮކު ދެމެހެއްޓުމަށް ސައިޒު ލިމިޓްތަކަށް ބަލައިގެން މަސްވެރިކަން ކުރުން ވަރަށް މުހިންމު. އޭރުން ކުދި މަސްތައް ބޮޑެތިވެ، ދަރިމައިވެ، އާބާދީ އިތުރުވެ، މަސްބޭނުން ހުއްދަ ސަރަހައްދުތަކުގައި މަހުގެ ސްޓޮކު ތިޔާގި ވާނެ. ބާނާ މަސް އުޅަނދަށް ނެގުމުގެ ކުރިން އަތުގެ ދިގުމިނާއި އަޅާކިޔާ އެއީ ކޮން ސައިޒެއްގެ މަހެއްތޯ ބަލަންވާނެ. މިގޮތަށް ދިގުމިން ބަލާއިރު މަސް ފެނުތެރޭގައި ބާއްވައިފިނަމަ، ހިމާޔަތްކުރެވިފައިވާ މަހެއް ނުވަތަ ކުޑަ މަހެއް ނަމަ، މަސް ސަލާމަތުން ދޫކޮށްލުމުން އެމަސް ދިރިހުރުމުގެ ފުރުސަތު އިތުރުވޭ.

މަހުގެ ސްޓޮކުގެހާލަތު ދަށްވުމުން، ވަކި ބާވަތެއްގެ މަހެއް ބޭނުން ވަގުތީގޮތުން މަނާކުރެވޭ. މިއަށް ކިޔަނީ ‘ފިޝިން މޮރެޓޯރިޔަމް’. މިއީ އެތައް ޒަމާންތަކެއް ވަންދެން ބާނާ، ސްޓޮކު ހީނަރުވެފައިވާ ބާވަތްތައް އަލުން އިޔާދަކުރުމަށް ދެވޭ ފުރުސަތެއް.

ކުއިޒް ފެށުމުގެ ކުރިން، ތިރީގައިވާ ސައިޒު ލިމިޓް ޗާޓް ރަނގަޅަށް ބަލާ ދަސްކޮށްލާ. މިއީ ހާލަތާއި ދުވަސްވަރަށް އަދި ސަރަހައްދަށް ބަލާ ބަދަލުވެދާނެ ސައިޒުތަކެއް. އެހެންވީމާ، ސައިޒުތަކަށް ބަދަލެއް އައިސްފައިވޭތޯ ދުވަސްކޮޅުކޮޅުން ބެލުން މުހިންމު.

މޯލްޑިވްސް ރެސީލިއަންޓް ރީފްސްއިން ނުބޭނުމަށް ލަފާދޭ ބާވަތްތައް  

މޯލްޑިވްސް ރެސިލިއަންޓް ރީފްސް ލަފާދޭ ސައިޒުތައް 

އެނގުނު ވަރު

ބަލާލަމާ!

ދެން އޮތީ ކުއިޒު! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ.

Module 4 – Fisheries Management
0% Complete
1 / 10
“ނޯ ޓޭކް ޒޯން” އަކީ ކޮބާ؟