މި އެޑިއުކޭޝަން ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ

ދެމެހެއްޓެނިވި މަސްވެރިކަން 

ބަލައިގެން މަސްވެރިކަން ކުރަމާ

މަސްވެރިކަމަކީ ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ ކުރަމުން އަންނަ މަސައްކަތެއް. މިއީ އަހަރެމެންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަމެއް. ނަމަވެސް ހިތާމައަކީ ރާއްޖޭގައި ވެސް މަހުގެ ސްޓޮކު ހީނަރުވާވަރަށް އަދި ދެމެހެއްޓެނިވި ނޫން އާލާތްތައް ބޭނުންކޮށްގެން ބައެއް ބާވަތުގެ މަސްވެރިކަން ކުރެވިފައިވާކަން. އެހެންކަމުން، ކުރިން އަހަރެމެންނަށް ގޯސްކޮށް ކުރެވުނު ކަންކަމުން ފިލާވަޅު ހޯދުން މުހިންމު.

‘އޯވަރފިޝިންގ’ ނުވަތަ މަހުގެ ސްޓޮކު ހީނަރު ވާވަރަށް މަސްވެރިކަން ކުރުމުގެ އަލާމާތްތަކާއި އެކަމުގެ ނަތީޖާ ދެނެގަތުމަށް މި ވީޑިއޯ ބަލާލާ! 

ރާއްޖޭގައި މަހުގެ ސްޓޮކު ހީނަރުވާވަރަށް ކުރެވިފައިވާ މަސްވެރިކަމުގެ މިސާލުތައް: 

ރާއްޖޭގައި ވިޔަފާރިއަށް ހުއިފިލަނޑާ ނަގަން ފެށުނީ 1980ގެ އަހަރުތަކުގެ ތެރޭގައި. އެއަށްފަހު މަދު އަހަރުތަކެއްގެ ތެރޭގައި އެންމެ އަގުހުރި ބާވަތްތަކުގެ ހުއިފިލަނޑާ ތިލަ ފަޅުތަކުން މުޅިންހެން ހުސްވެގެން ދިޔަ. މިހާރު، ހުއިފިލަނޑާ ނެގުމަށްޓަކައި މަސްވެރިންނަށް ޖެހެނީ ވައިފުޅި އަޅައިގެން އެތައް މީޓަރު ފުނަށް ފީނަން.  މި މަސްވެރިކަމުގައި  ކުރަންޖެހޭ މަސައްކަތްވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި. މިއީ ހުއިފިލަނޑާގެ ބާވަތްތައް އަލާވާ މިންވަރަށްވުރެ ހަލުވިމިނެއްގައި މަސްވެރިކަން ކުރެވެމުންދާ ކަމުގެ ނިޝާނެއް.

ހަމަ މިގޮތަށް، 1990ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގައި ކުރަން ފެށުނު ގާހަކައިގެ މަސްވެރިކަން އަހަރުދުވަސް ނުވަނީސް މަނާކުރަން ޖެހުނު. އެއީ، އޭރު ގާހަކަ ނަގަމުން ދިޔަ މިންވަރުން، މަސްވެރިންނަށް ދިގުމުއްދަތަކަށް އާމްދަނީއެއް ޔަގީންކުރެވޭ ވަރަށްވުރެ ގާހަކައިގެ އާބާދީ ކުއްލިއަކަށް މަދުވީމަ. މިއީ އާލާވާ މިންވަރަށް ވުރެ ހަލުވިމިނެއްގައި މިބާވާތް ނެގުމުގެ ނަތީޖާ.

1980ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ރާއްޖެއިން އޭޝިޔާގެ ޤައުމުތަކަށް ފާނަ ދަނީ އެކްސްޕޯޓް ކުރަމުން. މިހާރު، ރާއްޖޭގައި ބާނާ 70 – 90 އިންސައްތަ ފާނައަކީ ބިސްދޫކުރާ އުމުރަށް ބޮޑުނުވާ ޅަ ފާނަ. މިފާނަތަކުގެ ހަޔާތުގައި އެންމެ ފަހަރަކުވެސް ބިސްދޫކުރުމަށް ފުރުސަތެއް ނުލިބޭ. މިހެން ކަމުން އަހަރުތައް ފާއިތުވާވަރަކަށް ފާނައިގެ އާބާދީ ވަރަށް ބޮޑަށް ހީނަރުވޭ. މިއީ ރާއްޖޭގައި ފާނައިގެ އާބާދީ ހީނަރުވެފައިވާކަމުގެ ހެއްކެއް. ވީމާ، ފާނައިގެ ސްޓޮކު އިޔާދަވާ މިންވަރަށް ވުރެ ދަށަށް ދިޔަ ނުދިނުމަކީ ވަރަށް މުހިންމު ކަމެއް. އަދި ކުރީގެ ތަޖުރިބާތަކުން ފިލާވަޅުލިބި ފާނާއިގެ އާބާދީ އެކީ ހުސްވެގެން ނުދާނެ ގޮތަކަށް އަމަލުތައް ބެހެއްޓުން ވަރަށް މުހިންމު.

އަހަރެމެން އެންމެންވެސް ފަރުވާތެރިކަމާއިއެކު މަސްވެރިކަން ކުރަން ދަސްކުރަންޖެހޭ. ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މާނައަކީ ފަރުތަކައް ގެއްލުންވިޔަނުދީ، އަންނަން އޮތް ދިވެހީންގެ ޖީލުތައް ބޭނުންކުރަންވެސް މަހުގެ ސްޓޮކްތައް ދެމެހެއްޓުން.

ދެން، މަހުގެ ސްޓޮކު ހީނަރުވިޔަނުދީ ހިފެހެއްޓޭނީ ކިހިނެތްތޯ ބަލާލަން ހިނގާ! މި ޕޯސްޓަރުތަކުން މަހުގެ ސްޓޮކަށް ނޭދެވޭ އަސަރުކުރާ އާލާތްތައް އެނގިގެންދާނެ.

މަނާ އަދި ގެއްލުންހުރި މަސްވެރިކަމުގެ އާލާތްތައް

ރާއްޖޭގައި ޤާނޫނީ ގޮތުން ހިމާޔަތްކުރެވިފައިވާ ކަނޑުގެ ދިރުންތައް 

އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ ވީޑިއޯތައް ބަލާލާ!

އެނގުނު ވަރު

ބަލާލަމާ!

ދެން އޮތީ ކުއިޒު! ތިރީގައިވާ 10 ސުވާލަށް ރަނގަޅަށް ޖަވާބު ދީފިނަމަ އިނާމެއް ލިބޭނެ.

Module 3 – Sustainable Fisheries
0% Complete
1 / 10
“ފިޝިން ޑައުން ދަ ފުޑް ވެބް” ގެ މާނައަކީ ކޮބާ؟